"ޔޭ ހޭ މޮހައްބަތެއިން" ގެ ރަމަން ބައްޕައަކަށް ވަނީތަ؟

މަގުބޫލު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހައްބަތެއިން" ގެ  ބަތަލް ކަރަން ޕަޓޭލް (ރަމަން ) ބައްޕައަކަށް ވާން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި ކަރަންގެ އަންހެނުން އަދި ބ...

01 May 2018 | 04:00

މަގުބޫލު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހައްބަތެއިން" ގެ  ބަތަލް ކަރަން ޕަޓޭލް (ރަމަން ) ބައްޕައަކަށް ވާން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ކަރަންގެ އަންހެނުން އަދި ބައެއް ޑްރާމާ ސިލްސިލާތަކުން ފެނިގެން ގޮސްފައިވާ އަންކިތާ ބަރަގަވާ ބަލިވެ އިންކަން އެމީހުން އަދި ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު އަންކިތާގެ ބަނޑަށް ތިން މަސް ކަމަށާއި ވިހާނެ ކަމަށް ލަފާ ކޮށްފައިވަނީ އަންނަ ނޮވެމްބަރު މަސް ތެރޭގައި ކަމަށް ބުނެފައިވެ އެވެ.

އެމީހުންގެ ގާތް މީހަކަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހުންނަށް ކުއްޖަކު ލިބެން އުޅޭކަން ރަސްމީކޮށް ވަގުތު ޖެހުމުން އިއުލާނު ކުރާނެ އެވެ. އެކަމަކު ބައެއް ރިޕޯޓުތަކުގައި ބުނާގޮތުގައި ކަރަން ވަނީ އޭނާގެ އަންހެނުން ބަނޑު ބޮޑު ވާހަކަ ދޮގުކޮށްފައި އެވެ. އަދި ބަނޑު ބޮޑުނަމަ އެކަން އެއްވެސް ވަރަކަށް ސިއްރު ނުކޮށް ވަގުތުން ހާމަ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކަރަން އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ މިހާރު އޭނާ ކުޅެމުންދާ "ޔޭ ހޭ މޮހައްބަތެއިން" އިންނެވެ. އެކްތާ ކަޕޫރުގެ އެ ސިލްސިލާގައި އޭނާގެ ބަފައިބެގެ ރޯލުން ފެނިގެންދާ އަބޭ ބަރަގަވާ އަކީ ކަރަންގެ އަސްލު ބަފައިބެ އެވެ.

ކަރަން އެންމެ ފުރަތަމަ ފެނިގެންދިޔައީވެސް އެކްތާ ކަޕޫރުގެ ޑްރާމާ ސިލްސިލާއެއް ކަމަށްވާ "ކަހާނީ ގަރްގަރްކީ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް