ކުޑަކުދިންނަށް ތަންމައްޗަށް ހީސްލެވޭ ބައެއް ސަބަބުތައް!

ކުޑަކުދިން ތަންމައްޗަށް ހީސްލުމަކީ އާންމުކަމެކެވެ. އެހެން ދިމާވަނީ ތަންމައްޗަށް ހީސްލާން ބޭނުން ނުވެ މާބޮޑަށް އެކަމާ ވިސްނައިގެން ނިދާތީ އެވެ. ނުވަތަ ހީސްލްވައިގަތުމުން ތެދުވަން މަސައްކަތަކަށްވެގެން އ...

01 May 2018 | 03:31

ކުޑަކުދިން ތަންމައްޗަށް ހީސްލުމަކީ އާންމުކަމެކެވެ.

އެހެން ދިމާވަނީ ތަންމައްޗަށް ހީސްލާން ބޭނުން ނުވެ މާބޮޑަށް އެކަމާ ވިސްނައިގެން ނިދާތީ އެވެ. ނުވަތަ ހީސްލްވައިގަތުމުން ތެދުވަން މަސައްކަތަކަށްވެގެން އެނދުގައި ގިނަ އިރު އޮތުމުންވެސް ނިދޭ ވަގުތު ހީސްލެވިދާނެ އެވެ.

ބައެއް ކުޑަކުދިންގެ ޑޮކްޓަރުން ބުނާގޮތުގައި ތަންމައްޗަށް ހީސްލުމަކީ އާއިލީގޮތުން ވާރުތަވާވެސް ކަމެކެވެ.

މީގެ އިތުރުން ކުޑަކުދިން އުމުރުން ދޮށީވާ ވަރަކަށް ތަންމައްޗަށް ހީސްލުމުގެ އާދަ ނުކެނޑޭނަމަ އެއީ ކުޑަކަމުދާ ނިޒާމާއި އެނޫން އެހެން ގުނަވަނެއްގައި މައްސަލައެއް އުޅެނީ އެވެ. އޭގެ ތެރޭގައި ހީސްލަވައިގަންނަ އިރަށް އެއްވެސް ކޮންޓްރޯލެއް ނެތި ކުޑަކަމުދާ ނިޒާމުގެ ދޮރު ހުޅުވޭގޮތް ވުންފަދަ މައްސަލައެއް ޖެހެނީ އެވެ.

ތަންމައްޗަށް ހީސްލާ ކުދިންނަށް ހަދަން އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު މާ ގިނައިން ދިޔ އެއްޗެހި ނުދިނުމެވެ. އަދި ނިންދަވަން ބޭއްވުމުގެ ކުރިން ހީސް ލުމަށް އާދަ ކުރުވާށެވެ.

ދެން ބޮޑުވާވަރަކަށް އެ އާދަ ނުހުއްޓޭނަމަ ޑޮކްޓަރަކަށް ދެއްކުމަކީ އެދެވިގެންވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް