ޒަމާން ތަކަކަށްފަހު ތޫނިސްގައި ފުލުހުންނާއި ސިފައިން ވޯޓުގައި ބައިވެރިވެއްޖެ

ޒަމާންތަކެއްގެ މެދުކެނޑުމަށްފަހު ތޫނިސްގައި ސިފައިންނާއި ފުލުހުންނަށް ވޯޓުގައި މުނިސިޕަލް އިންތިހާބުގެ ވޯޓުގައި ބައިވެރިވެއްޖެ އެވެ. މި ވޯޓުގައި ސިފައިންނާއި ފުލުހުން އިއްޔެ ވޯޓު ދީފައިވާއިރު އާންމު ރ...

30 Apr 2018 | 22:22

ޒަމާންތަކެއްގެ މެދުކެނޑުމަށްފަހު ތޫނިސްގައި ސިފައިންނާއި ފުލުހުންނަށް ވޯޓުގައި މުނިސިޕަލް އިންތިހާބުގެ ވޯޓުގައި ބައިވެރިވެއްޖެ އެވެ.

މި ވޯޓުގައި ސިފައިންނާއި ފުލުހުން އިއްޔެ ވޯޓު ދީފައިވާއިރު އާންމު ރައްޔިތުން ވޯޓު ދިނުން އޮތީ އަންނަ އާދީއްތަ ދުވަހު އެވެ. އަލަށް އެކުލަވާލި އުސޫލުގެ ދަށުން ސަލާމަތީ ހިދުމަތްތަކުން ހަފްތާއެއްގެ ކުރިން ވޯޓު ލާން ޖެހެ އެވެ.

މި ބަދަލާއެކު އޭއެފްޕީއަށް މައުލޫމާތު ދިން ފުލުހުހަކު ބުނެފައިވަނީ އިއްޔެ އަކީ ތާރީހީ ދުވަހެއް ކަމަށާއި ގައުމީ ހައްގެއް އިއްޔެ ލިބިގެން ގޮސްފައިވާކަމަށެވެ.

އެގައުމުގެ ކުރީގެ ރައީސް ޒައިން އަލް އާބިދައިން ބިން އަލީގެ 22 އަހަރުގެ ވެރިކަމުގައި ސިފައިންނާއި ފުލުހުންނަށް އެއްވެސް އިންތިހާބެއްގައި ވޯޓެއް ނުލެވެ އެވެ. އެގޮތަށް ހަދާފައި އޮތީ ސިފައިންނާއި ފުލުހުން ސިޔާސީ ކަންކަމުން ދުރުކުރުމުގެ ނިޔަތުގައި އެވެ.

ބިން އަލީގެ ރިޔާސަތު 2011 ގައި ގެއްލިފައިވާއިރު މިހާރުގެ ވެރިކަމުގައި ނިންމާފައިވަނީ ސިފައިންނާއި ފުލުހުންނަށް ވޯޓު ލެވޭ ގޮތަށެވެ. ނަމަވެސް ސިޔާސީ ކެމްޕޭންތަކުގައި ބައިވެރިވުން ސިފައިންނާއި ފުލުހުންނަށް އަދިވެސް މަނަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް