އައިއެސްއާއި ދެކޮޅަށް ހިންގި އޮޕަރޭޝަން ނިންމާލި ކަމުގެ އިސާރާތެއް އެމެރިކާ ކޯލީޝަނުން ދީފި

އިރާގުގައި އައިއެސް އާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އެކުލަވާލި ފައުޖުތަކުން ދެމުންދިޔަ ހަމަލާތައް ނިންމާލި ކަމުގެ އިސާރާތެއް އެ ކޯލީޝަނުން ދީފި އެވެ. އެ ކޯލީޝަނުން އިއްޔެ ދީފައިވާ ސިގްނަލަކީ އައިއެ...

30 Apr 2018 | 21:55

އިރާގުގައި އައިއެސް އާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އެކުލަވާލި ފައުޖުތަކުން ދެމުންދިޔަ ހަމަލާތައް ނިންމާލި ކަމުގެ އިސާރާތެއް އެ ކޯލީޝަނުން ދީފި އެވެ.

އެ ކޯލީޝަނުން އިއްޔެ ދީފައިވާ ސިގްނަލަކީ އައިއެސް ޖަމާއަތް ބަލިކުރެވި އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރު ދަށުގައި އޮތް ސަރަހައްދުތައް މިނިވަން ވެއްޖެ ކަމުގެ އިސާރާތެކެވެ.

އެ ކޯލީޝަނުން މިހެން ބުނެފައިވާއިރު އައިއެސް ބަލި ކުރެވި ފަތަހަ ލިބިފައިވާކަމަށް އިރާގު ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވަނީ މިދިޔަ ޑިސެމްބަރުގައި ވަނީ އިއުލާނު ކުރައްވާފައި އެވެ. އެގޮތަށް އިއުލާނު ކުރެއްވީ މޯސުލް ދޫކޮށް އައިއެސް ހަނގުރާމަވެރިން ފޭބުމުންނެވެ.

އެމެރިކާގެ ކޯލީޝަނަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފައްލޫޖާ، ތިކްރީތް، ބައިޖީ، ރަމާދީ، ސިންޖާ، މޯސުލް އިން އައިއެސްގެ ބާރު ކަނޑުވާލެވިފައިވާކަމަށެވެ.

އެ އޮޕަރޭޝަން ނިންމާލި ނަމަވެސް ފައުޖުތައް އިރާގުން ފައިބައިދާނެ ކަމުގައި އަދި ވަނީ ސުވާލު އުފެދިފައި އެވެ. މީގެ ކުރިންވެސް އެމެރިކާ އިސްވެ އޮވެ ހިންގާ އޮޕަރޭޝަންތަކަށް ފޮނުވާ ފައުޖުތައް އެތައް އަހަރެއްވަންދެން އިރާގުގައި ބައިތިއްބާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް