ހދ. ކުޅުދުއްފުށިން ފުރައިގެން މާލެ އައި އިންޑިއާގެ ބޯޓެއް ކ. ހެލެނގިލި ރިސޯޓު ފަރަކަށް އަރައިފި އެވެ.
އެމްއެންޑިއެފުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5:10 ހާއިރު ކަމަށެވެ. އެހާދިސާ ހިނގި އިރު ބޯޓުގައި އަށް ފަޅުވެރިން ތިބިކަމަށާއި އޭގެން އެއްވެސް މީހަކަށް ގެއްލުމެއްނުވާ ކަމަށެވެ.
"އެމްއެސްވީ ދައުލަ 1" ނަމަކަށް ކިޔާ އެ ބޯޓަކީ 35 މީޓަރު ދިގު ބޯޓެކެވެ. ބޯޓު ފަރަށް އެރމުގެ ސަބަބުން މުދަލަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނޭނގެ އެވެ.
ބޯޓު މާލެ އައީ ކުޅުދުއްފުށިން ތަރުކާރީ އާއި އެހެނިހެން މުދާ ބަރުކޮށްގެން ނެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް