ހުޅުލޭ ފެރީ ޓިކެޓު އަގުބޮޑު ކުރަނީ

ހުޅުލެއާ މާލެއާއި ދެމެދު ދަތުރު ކުރާ ފެރީގެ ޓިކެޓު އަގުބޮޑު ކުރަން ނިންމައިފި އެވެ. ހުޅުލެއާ މާލެއާ ދެމެދުގައި ފެރީގެ ހިދުމަތް ދެނީ އެއާޕޯޓްސް ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުންނެވެ. މިހާރު އެ ދަތުރަށް ނަގަ...

01 May 2017 | 06:41

ހުޅުލެއާ މާލެއާއި ދެމެދު ދަތުރު ކުރާ ފެރީގެ ޓިކެޓު އަގުބޮޑު ކުރަން ނިންމައިފި އެވެ.

ހުޅުލެއާ މާލެއާ ދެމެދުގައި ފެރީގެ ހިދުމަތް ދެނީ އެއާޕޯޓްސް ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުންނެވެ. މިހާރު އެ ދަތުރަށް ނަގަނީ ކޮޅަކަށް 10 ރުފިޔާ އެވެ.

އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަގަށް ބަދަލު ގެންނަނީ ފެރީ ޓިކެޓުގެ އަގުން ޖީއެސްޓި ނަގަން ފެށުމުން ކަމަށެވެ. އެކަމަކު ޓްރާންސްޕޯޓު ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފެށިތާ މިހާރު ވަނީ ދުވަސްތަކެއް ވެފައި އެވެ. އެ ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުން ހުޅުމާލެ އާއި ވިލާމާލޭ ފެރީގެ ޓިކެޓުގެ އަގު މީގެ ކުރިން ވަނީ ބޮޑުކޮށްފައި އެވެ.

އަގަށް ގެންނަ ބަދަލާއި އެކު މިހާރު ކޮޅަށް ނަގާ 10 ރުފިޔާގެ ބަދަލު ދެން ނަގާނީ ކޮޅަކަށް 11 ރުފިޔާ އެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

އެއާޕޯޓު ފެރީ ޓިކެޓު އަގުބޮޑު ކުރަން ނިންމާފައި ވާއިރު އެ ދަތުރުގެ އަގު  ބޮޑު ކަމަށް އަބަދުވެސް އާންމުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް