މާޗް މަހު އެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 50 މައްސަލައެއް!

މާޗް މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 50 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިއްޖެ އެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 279 މަ...

01 May 2017 | 06:21

މާޗް މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 50 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިއްޖެ އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 279 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހާ އަޅާބަލާއިރު 39 މައްސަލަ އިތުރު އަދަދެކެވެ. އަދި މީގެ ތެރެއިން 50 ޕަސެންޓު މައްސަލަތަކަކީ ކުޑަކުދިންނާއި މެދު އިހުމާލުވުމުގެ މައްސަލަތަކެވެ.

އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގުޅޭ 142 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ހުށަހެޅިފައިވާ 50 މައްސަލައިގެ ތެރެއިން 40 މައްސަލަ އަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުދިންނާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކެވެ.

ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހެޅުނު އިތުރު މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް އިހުމާލުވުމުގެ 41 މައްސަލަ، ޖިސްމާނީ އަނިޔާގެ 26 މައްސަލަ، ނަފްސާނީ އަނިޔާގެ 23 މައްސަލައެއް އަދި ހަނގާކުރުމުގެ މައްސަލައެއް ހުށަހެޅިފައިވެ އެވެ. މީގެ އިތުރުން މަސްތުވާތަކެތި ގެންގުޅުމާއި، ވައްކަން ކުރުމާއި، ޖިސްމާނީ އަނިޔާ ކުރުމުގެ އިތުރުން މުދަލަށާއި ތަކެއްޗަށް ގެއްލުން ދިދުން ފަދަ ކުށްކުށުގައި ކުދަކުދިން ބައިވެރިވެގެން 10 މައްސަލައެއް ހުށަހެޅުނެވެ.

ޖެންޑަ މިނިސްޓްރީއަށް ހުށަހެޅިފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 10 މައްސަލަ، ޖިންސީއ ނަނިޔާގެ ހަތަރު މައްސަލަ، ބިރުދެއްކުމުގެ ދެ މައްސަލަ އަދި އިހުމާލުވުމުގެ ދެ މައްސަލަ ހުށަހެޅިފައިވެ އެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 21 މައްސަލައެއް މިދިޔަ މަހު ހުށަހެޅުނެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް