ވިދްޔާ ބާލަން އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ތައާރަފްވި ކޮމިޑީ ޑްރާމާ ސީރީޒް "ހަމް ޕާންޗް" ގެ ތިން ވަނަ ސީޒަން ދައްކަން ފަށަން ނިންމައިފި އެވެ.
ޒީޓިވީން ދައްކަން ފަށަން ނިންމާފައިވާ "ހަމް ޕާންޗް" އަކީ 90 ގެ އަހަރު ތަކުގެ ތެރޭގައި ދެއްކި އެންމެ މަޖާ ޑްރާމާތަކުގެ ތެރެއިން އެއް ޑްރާމާ އެވެ. 1995 ވަނަ އަހަރު ދައްކަން ފެށި އެ ސީރީޒްގެ ފުރަތަމަ ސީޒަންއިން ދައްކައި ދިނީ އެއްބަނޑު އެއްބަފާ ފަސް އަންހެން ބެއިންއަށް ދިމާވާ މަޖާ ކަންތައްތަކެކެވެ. ދެވަނަ ސީޒަން 2005 ވަނަ އަހަރު، އަލުން ފެނިގެން ދިޔައީވެސް ހަމަ އެ ގޮތަށެވެ.
އަންނަ މޭ މަހު "ހަމް ޕާންޗް" ޒީޓީވީން ދައްކަން ފަށާނެ އެވެ. މީގެ ކުރިން އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރި އެ ސީރީޒް އެހެން ޕްރޮޑަކްޝަން ޓީމެއްގެ ބެލުމުގެ ދަށުން ތައްޔާރު ކުރާއިރު ތިން ވަނަ ސީޒަން ފެނިގެންދާނީ ވަރަށް ބޮޑަށް ޒަމާނީ ކުލަ ޖެހިގެން ކަމަށް ވެ އެވެ.
ވިދްޔާ ބާލަންއަށް ބޮލީވުޑުން ޗާންސް ލިބުނީ "ހަމް ޕާންޗް" ގެ ދެވަނަ ސީޒަން ފެށިފަހުންނެވެ.
މި ސީރީޒްގެ އިތުރުން 90 ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދި ކޮމިޑީ ސީރީޒްތައް ކަމަށްވާ "ކިޗިޑީ" އަދި "ސަބާއި ވަސަސް ސަރާބާއި" ފަދަ ޑްރާމާތަކުގެ އާ ސީޒަންތައް ޒަމާނާއި އެއްގޮތަށް ބޮޑެތި ބަދަލުތަކަކާއި އެކު އަލުން ދައްކަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް