ހުރިހާ ރަށަކަށް ވޯޓު ކަރުދާސް ފޮނުވައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް އަތޮޅުތެރޭ ރަށްރަށަށް ފޮނުވައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތަ...

01 May 2017 | 02:45

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް އަތޮޅުތެރޭ ރަށްރަށަށް ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާ ކަމަށާއި މިހާތަނަށް 12 އަތޮޅެއްގެ ހުރިހާ ރަށަކަށް ވޯޓު ކަރުދާސް ގެންގޮސް ނިމިފައިވާ ކަމަށެވެ. އަދި ބާކީ އަތޮޅުތަކަށް ވޯޓު ކަރުދާސްތައް ފޮނުވުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އީސީން ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ވޯޓު ކަރުދާން ގެންގޮސް ނިންމިފައިވަނީ ނ،ރ،ބ،ޅ،އއ،ވ،މ،ފ،ދ،ތ،ގއ އަދި ގދ އަތޮޅުގެ ރަށްތަކަށެވެ. އީސީން ބުނީ ވޯޓު ކަރުދާހުގެ އިތުރުން ވޯޓުލާ ބޫތާއި ވޯޓު ފޮށިތައް ހުރިހާ ރަށަކަށް ގެންގޮސްފައިވާ ކަމަށެވެ.

އިންތިހާބުގެ ކަންކަމުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މިހާރު ފުލުހުންވެސް ވަނީ އަތޮޅުތެރެއަށް ފުރަން ފަށާފައި އެވެ.

ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 255987 މީހުން އެބަ ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް