އެކްސިޑެންޓް މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

މާލޭގެ މަޖީދީމަގުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މައްސަލައަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. ފުލުހުން ހާމަ...

01 Apr 2026 | 09:02
ފުލުހުން ނެރިފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓްއެއް /ވީޑިއޯ: ފުލުހުން

ފުލުހުން ނެރިފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓްއެއް /ވީޑިއޯ: ފުލުހުން

މާލޭގެ މަޖީދީމަގުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން

މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މައްސަލައަކީ މާލެ ޓްރެފިކް

އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ ހޯދަމުންދަނީ

މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި

ސައިކަލަކުން ޖެހި އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ

ގުޅިގެންނެވެ. އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި ސީސީޓީވީ

ކެމެރާތަކުން ފެންނަ ވީޑިއޯ ފުލުހުން ވަނީ އާންމުކޮށްފައެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލު ދުއްވަން ހުރި

މީހާއަކީ ކާކުކަން މިހާތަނަށް ކުރި މަސައްކަތުން ދެނެގަނެވިފައި ނުވާތީ، އެ މީހާ

ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.

"ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް

މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ

އެމަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި

ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކުގައި މީހުން ހޯދުމަށް

ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު

އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް