N/A
އދ. އަތޮޅު މަންތާ ޕޮއިންޓް ސަރަހައްދަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި ހިތާމަވެރި ހާދިސާއެއްގައި ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް އެއް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:59 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މީގައި އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނިޔާވި ފަތުރުވެރިޔާގެ ހަށިގަނޑާ މެދު އަމަލުކުރާނެ ގޮތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް