ޖޯންސަންސް ބޭބީ ބްރޭންޑުގެ ޝޭމްޕޫއިން ނުރައްކާތެރި މާއްދާއެއް ފެނިފައިވޭ: އިންޑިއާ

އިންޑިއާގެ ރަޖިސްތާނުގައި ޖޯންސަންސް އެންޑް ޖޯންސަންސް ބޭބީގެ ޝޭމްޕޫއިން ހެދި ޓެސްޓަކުން، އެ ތަކެތީގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ހުންނަކަމަށް ދައްކައިފިއެވެ. މި ޓެސްޓަކީ މީގެ މަހެއް ކުރިން މި ...

01 Apr 2019 | 14:55

އިންޑިއާގެ ރަޖިސްތާނުގައި ޖޯންސަންސް އެންޑް ޖޯންސަންސް ބޭބީގެ ޝޭމްޕޫއިން ހެދި ޓެސްޓަކުން، އެ ތަކެތީގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ހުންނަކަމަށް ދައްކައިފިއެވެ.

މި ޓެސްޓަކީ މީގެ މަހެއް ކުރިން މި ތެކެތީގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ހުރިކަމަށް މީގެ ކުރިން އަޑުފެތުރިފައި ވާތީ، އެކަން ކަށަވަރު ކުރުމަށް ހެދި ޓެސްޓެކެވެ. ރާޖިސްތާން ޑްރަގް ކޮންޓްރޯލް އޯގަނައިޒޭޝަން އިން ބުނީ، ޖޯންސަންސް ބޭބީ ޝޭމްޕޫގެ ދެ ބެޗެއް ޓެސްޓްކުރި ކަމަށާއި، ދެ ބެޗުންވެސް ނުރައްކާތެރި މާއްދާއެއް ފެނިފައިވާ ކަމަށެވެ.

ނަމަވެސް ޖޯންސަންސް ބޭބީގެ ބްރޭންޑްގެ ސްޕޯކްސް ޕާސަން ބުނިގޮތުގައި، އެ ކުންފުނިން އެކަން ގަބޫލެއް ނުކުރެއެވެ. އަދި އެކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ކުންފުނިން އަބަދުވެސް ކުއަލިޓީ ކޮންޓްރޯލް ކުރުމުގެ އިތުރުން، އުފައްދާ ތަކެއްޗަކީ ކަސްޓަމަރުންނަށް ރައްކާތެރި އެއްޗެހީގެ ގޮތުގައި ދެމެހެއްޓޭތޯ މަސައްކަތް ކުރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޓެސްޓް ކުރި ދެ ބެޗްގެ ތަކެއްޗަކީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށް މުއްދަތު ހަމަވާ އެއްޗިއްސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް