މިއަހަރު 1303 މީހަކަށް ޑެންގީ ހުން ޖެހިފައިވޭ

މިއަހަރުގެ މިހާތަނަށް 1303 މީހަކަށް ޑެންގީ ހުން ޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މަދިރިން ޖެހޭ ބަލިތަކަށް އާންމުން ހޭލުންތެރި ކުރުމަށް ބޭއްވި ކެމްޕެއިނެއްގައި ...

01 Apr 2019 | 11:52

މިއަހަރުގެ މިހާތަނަށް 1303 މީހަކަށް ޑެންގީ ހުން ޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މަދިރިން ޖެހޭ ބަލިތަކަށް އާންމުން ހޭލުންތެރި ކުރުމަށް ބޭއްވި ކެމްޕެއިނެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ، އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް 1303 މީހުންނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާކަމަށެވެ. އަދި މިއީ ފާއިތުވި ތިން އަހަރަށް ބަލާއިރު ވަރަށް ގިނަ މީހުންކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ، ޑެންގީ ހުން ޖެހިގެން އަތޮޅު ތެރެއިން 909 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި، މާލެ ސަރަހައްދުން 394 މައްސަލަ ރިޕޯޓު ކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް