މަދިރީގެ ސަބަބުން ޖެހޭ ބަލިތަކަށް ހޭލުންތެރި ކުރުވުމަށް ހާއްސަ ކެމްޕެއިންއެއް

މަދިރީގެ ސަބަބުން ޖެހޭ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހާއްސަ ކެމްޕެއިންއެއް އިފްތިތާހު ކޮއްފިއެވެ. މިފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި އިފްތިތާހު ކޮއ...

01 Apr 2019 | 08:24

މަދިރީގެ ސަބަބުން ޖެހޭ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހާއްސަ ކެމްޕެއިންއެއް އިފްތިތާހު ކޮއްފިއެވެ.

މިފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި އިފްތިތާހު ކޮއްފައިވާ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނިޔަލަށެވެ.

މި ކެންޕެއިނުގައި ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން ސެޝަންތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން ބެލެނިވެރިންނަށް ހާއްސަ ކޮއްގެން ކުއިޒް މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރިސޯޓްތަކަށް އަމާޒުކޮއްގެން އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ބިދޭސީންނަށް މައުލޫމާތު ދިނުމާއި ރަށްތަކުގައި ހުރި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕެއިންގެ މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވިދާޅުވީ މަދިރީގެ ޒަރިއްޔާއިން ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ނައްތާލުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން އެކަމުގައި ވަކި ވަކި ފަރުދުންގެ ޒިންމާވެސް މުހިންމު ކަމަށެވެ.

އެގޮތުން މަދިރި ނައްތާލުމަށް ގޭގެއާއި ގޯތިތެރޭގައި އަދި އާންމު ތަންތަނުގައި މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ މަދިރި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ހަތިޔާރުކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު ހެލްތު މިނިސްޓްރީން ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ޑަބްލިޔު.އެޗް.އޯގެ ކޮންސަލްޓެންޓްގެ އެހީތެރިކަމާއެކު ރާއްޖޭގައި ޑެންގީ ހައިލެވެލް އެޑްވޮކަސީ ފޯރަމްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް