ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ކުދި ވިޔަފާރިތައް ހުއްޓާލަން ޖެހޭނެ ކަމެއް

ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ކުދި ވިޔަފާރިތައް ހުއްޓާލަން ޖެހޭނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފި އެވެ. ޓްރޭޑް ޔޫނިއަން އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުދި އަދި...

01 Apr 2019 | 07:58

ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ކުދި ވިޔަފާރިތައް ހުއްޓާލަން ޖެހޭނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފި އެވެ.

ޓްރޭޑް ޔޫނިއަން އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ފަހި މާހައުލެއް އުފެއްދުމަށް ސަތުކާރުން މަސައްކަތް ކުރަމުން ދާއިރު ފެންނަނީ އެ ވިޔަފާރިތައް ހަލާކު ކޮއްލުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެފައިވެއެވެ. އަދި  އިގްތިސޯދަށް އެންމެ ލޮޅުން އަރާނެ ސިޔާސަތަކަށް ދައްކާ ވާހަކައަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއީ ދާއިމީ ގޮތެއްގައި އިގްތިސޯދަށް ނުރަނގަޅު އަސަރު ކުރާނެ ވާތު ފިޔައިގެ ހަރުކަށި އުސޫލެއް ކަމަށް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެއާއެކު މި ނޫސްބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސޯދަކީ މަދު ސެކްޓާތަކެއްގެ މައްޗަށް ބިނާވެފައިވާ އިގްތިސޯދެއް ކަމަށާއި ރާއްޖޭގެ އިގްތިސޯދަކީ ކޮމާންޑް އިކޮނޮމީއެއް ކަމަށެވެ.

މިނިމަމް ވޭޖްގެ ސަބަބުން ލޭބަރުންނަށް އޮންނަ ޑިމާންޑް ކުޑަވެ، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރު ވާނެ ކަމަވެސް ވަނީ ބުނެފައެވެ.

އެގޮތުން މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ މަދު އާމްދަނީ ލިބޭ މީހުންނަށް ކަމަށާއި އަދި މެދުފަންތީގެ ވިޔަފާރިތައް ބަންދުކުރަންޖެހި، ރާއްޖޭގެ އިގްތިސޯދަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސްފި ނަމަ، އޭގެ އަސަރު ބޮޑެތި ވިޔަފާރިތަކަށް ވެސް ކުރާނެ ކަމަށްވަނީ ފާހަގަ ކޮއްފައެވެ. އެހެންކަމުން އެއްވެސް ދިރާސާއެއް ނެތި މިނިމަމް ވޭޖު ކަނޑައެޅުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް