ދިއްދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަނީ

ހއ. ދިއްދޫގައި ހުންނަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާއެއްގައ...

01 Apr 2019 | 06:59

ހއ. ދިއްދޫގައި ހުންނަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިއްދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިއްދޫ ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރާނެ ކަމަށެވެ. އަދި ދިއްދޫގެ ތަރައްގީއަށްޓަކައި ކުރަހާފައިވާ ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބުނެފައި ވަނީ  ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. އަދި ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ސަރުކާރުން ޙައްލު ކޮށްދެއްވާނެ ކަމަށާއި ދިއްދޫގައި އިތުރު ހައުސިން ޔުނިޓުތަކެއް ސަރުކާރުން އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މި ވެރިކަމުގައި ދިއްދޫ އަށް ބޮޑެތި ހެޔޮ ބަދަލު ތަކެއް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް