އިންޑިއާ އިން ރާއްޖެއަށް ދެ ލައްކަ ލެޑް ބޮކި ހަދިޔާ ކޮއްފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި މާލޭގެ މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އިންޑިއާ އިން ހަދިޔާ ކޮއްފައިވަނީ ހަމައެކަނި މަގުތަކުގައި ހަރުކުރާ ލެޑް ލައިޓް ނޫން ކަމަށާއި، ދެ ލައްކަ ލެޑް ބޮކި ވެސް އިންޑިއާއިން ހަދިޔާ ކޮއްފައިވާ ކަމަށެވެ.
އަދި މި ލެޑް ބޮކިތައް ބަހާނީ ގޭބިސީ ތަކަށް ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އެ މަޝްރޫއަކީ ވެސް އީއީއެސްއެލް އިން އިންޑިއާގައި ކާމިޔާބުކަމާ އެކު ހިންގާފާއިވާ އުޖާލާ އަދި އެސްއެލްއެންޕީ ނަމޫނާ އަކަށް ބަލައިގެން ހިންގާ ޕޮރުގުރާމެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނެފައިވެއެވެ.
ހަމައެއާއެކި މިއީ އެންވަޔަންރަމަންޓް މިނިސްޓްރީއާއި އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސާސް ލިމިޓެޑް (އީއީއެސްއެލް) އާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަ ކުރިއެވެ.
އަދި ތިމާވެއްޓަށް ފައިދާވުމުގެ އިތުރުން ލެޑް ބޮތްކަކީ ގިނަދުވަހު ގެންގުޅެވި، ބޮޑަށް އަލިކޮށްދޭ އަދި ހަކަތަ ސަމަކާރަ ކޮށްދޭ އާލާތެއް ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް