ހއ. ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ހއ. ހޯރަފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވައިފިއެވެ. އެއާޕޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ހއ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ...

01 Apr 2019 | 06:14

ހއ. ހޯރަފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވައިފިއެވެ.

އެއާޕޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ހއ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮއްފައިވަނީ މާރޗަ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއީ 16 މަސް ދުވަހުން ނިންމަން ހަމަޖެހިފައިވާ ޕްރޮޖެކްޓްއެއް ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ އެ އެއާޕޯޓްގެ މަސައްކަތް ވަރަށް އަވަހަށް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، މި އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށެވެ.

މި އެއާޕޯޓް އަޅަން ހަމަޖެހިފައި އޮތީ ހައ މާފިނޮޅުގައެވެ. ނަމަވެސް ހޯރަފުށީގައި އެއާޕޯޓު އަޅަން ނިންމީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް މި ސަރުކާރުން ނުހިންގުމަށް ނިންމާފައިވާތީ ކަމަށެވެ.

ފިނޮޅު އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ފެށި ނަމަވެސް، އެމްޓީސީސީގެ ހެޑް އޮފް ޕްރޮޖެކްޓްސް އަހްމަދު ލަތީފް ވިދާޅުވީ އެ ރަށުގައި އެއްވެސް ވަރަކަށް ބިން ހިއްކާފައިނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް