އޭޕީއެފްއެޗްއާރުއެމްގެ މެމްބަރުކަން މާޕް އަށް

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)ގެ މެމްބަރުކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އަށް ލިބިއްޖެކަމަށް އެ އެސޯސިއޭޝަނުން ހާމ...

01 Apr 2019 | 05:55

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)ގެ މެމްބަރުކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އަށް ލިބިއްޖެކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

މި މަގާމް ދެވިގެންދިޔައީ  މާޗް 16 ވަނަދުވަހު ފިޖީގައި ކުރިޔަށްދިޔަ އޭޕީއެފްއެޗްއާރުއެމްގެ ބޯޑް މީޓިންގައެވެ.  މި އިވެންޓްގައި މާޕް ތަމްސީލުކުރީ މާޕްގެ ރައީސް ހުސައިން އަފީފު އާއި ނައިބު ރައީސް އަހުމަދު އިބްރާހިމް އެވެ.

އެގޮތުން ދިވެހިރާއްޖެ އޭޕީއެފްއެޗްއާރުއެމްގެ މެމަބަރެއްގެ ގޮތުގައި ހިމެނިގެން ދިއުމާއެކު މި ފެޑަރޭޝަންގައި ދިވެހިރާއްޖެ ތަމްސީލުކުރާނީ މާޕް އިންނެވެ.

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެމްބަރަކަށް ވެވިގެން ދިޔަ ކަމަކީ މާޕް އަށާއި، މުޅި ރާއްޖެއަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމުގައި، މި ބޯޑް މީޓިންގްގައި ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވިއެވެ.

އަދި އިގްތިސާދީގޮތުން ރާއްޖެ ކަހަލަ ގައުމުތަކާއި ގުޅުން ބަދަހިކޮށް އިންސާނީވަސީލަތް ތަރައްގީ ކުރުވިގެންދާނެކަމީ ޖުމްލަގޮތެއްގައި މުޅި ރާއްޖޭގައި މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ކުރި އެރުމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ފެޑަރޭޝަންގެ މެމްބަރަކަށް ވުމުގެ ސަބަބުން ރާއްޖޭގެ އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފެޑަރޭޝަން މެމްބަރ ގައުމުތަކުގެ ބެސްޓްޕްރެކްޓިސް ޝެއާކުރުމާއި ރިސާޗް ޑާޓާބެސްތަކުގެ ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދިއުމާއެކު މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސްޕީކާސް ރާއްޖެ ގެނައުމަށް ލުއިފަސޭހަވެގެންދާނެއެވެ. ހަމައެއާއެކު މެމްބަރ އެސޯސިއޭޝަން ތަކުން ބާއްވާ ހަރަކާތްތަކުގައި މާޕްގެ މެމްބަރުންނަށް ފަސޭހަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް