ހެލްމެޓް ނާޅާ ދަތުރު ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށަނީ

ހެލްމެޓް ނާޅާ ދަތުރު ކުރާ ފަރާތްތަކަށް މިރެއިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެއެވެ. މާރޗް މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅޫން މަޖުބޫރު ކއްފައި ވީނަމަވެސް، ފިޔަވަޅު އަޅަން ފަށާނީ އޭޕްރީ...

01 Apr 2019 | 05:21

ހެލްމެޓް ނާޅާ ދަތުރު ކުރާ ފަރާތްތަކަށް މިރެއިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެއެވެ.

މާރޗް މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅޫން މަޖުބޫރު ކއްފައި ވީނަމަވެސް، ފިޔަވަޅު އަޅަން ފަށާނީ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރަން ހަމަޖެހިފައިވަނީ، ފުރަތަމަ ފަހަރު ވެއްޖެނަމަ 500 ރުފިޔާ، އަދި ތަކުރާރު ވެއްޖެ ނަމަ 750 ރުފިޔާއިންނެވެ. އަދި ތިން ވަނަ ފަހަރުން ފެށިގެން މި ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަޅަން ޖެހޭ ހެލްމެޓްގައި ހުރުން މަޖުބޫރު ޝަރުތުތަކަކީ ބޮލަށް ހެޔޮވަރު ސައިކަލު ދުއްވުމަށް ހާއްސަ ހެލްމެޓަކަށް ވެފައި ހެލްމެޓުގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ކަހަލަ ކަމަރެއް ހުރުމެވެ. އަދި ހެލްމެޓާއި އޭގެ ކަމަރުގައި ވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހުރެގެން ނުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް