ކެއާ ސޮސައިޓީއަށް މީރާގެ ފަރާތުން  60000 ރުފިޔާ

ކެއާ ސޮސައިޓީއަށް މީރާގެ ފަރާތުން  60000 ރުފިޔާ ހަދިޔާކޮށްފި އެވެ. ކެއާ ސޮސައިޓީގެ ކުދިންނަށް ބޭނުންވާ ހާއްސަ އެހީގެ ތެރޭގައި ހިމެނޭ ސްޕެޝަލައިޒްޑް ތެރަޕިސްޓެއް ގެނައުމަށްޓަކައި މި އެހީ ދީފައިވަނީ ކެއ...

01 Apr 2019 | 05:05

ކެއާ ސޮސައިޓީއަށް މީރާގެ ފަރާތުން  60000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ކެއާ ސޮސައިޓީގެ ކުދިންނަށް ބޭނުންވާ ހާއްސަ އެހީގެ ތެރޭގައި ހިމެނޭ ސްޕެޝަލައިޒްޑް ތެރަޕިސްޓެއް ގެނައުމަށްޓަކައި މި އެހީ ދީފައިވަނީ ކެއާ ސޮސައިޓީގެ ކުދިންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މި ހަފްލާގައި  ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ އިސް މުވައްޒަފުން ބައިވެރިވި އެވެ. އަދި ކޮމިޝަނަރ އޮފް ޖެނެރަލް ޔަޒީދު ވެދާޅުވެފައިވަނީ އިޖުތިމާއީ މިފަދަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައިގެން ހިންގާ ކަމަށާއި، މިކަހަލަ ކަންކަމަކީ މީރާގެ މުވައްޒަފުންނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ހަފްލާގައި ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު، ނައުޝާން މުހައިމިން ވިދާޅުވީ، މީރާގެ މުވައްޒަފުން ވެދެއްވި އެހީގެ ސަބަބުން ކެއާ ސޮސައިޓީގެ ކުދިންނަށް ބޭނުންވެފައިވާ ތެރަޕީ ސެޝަންތައް ފޯރުކޮއްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް