މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި އެކު މަޖޫރީން އިހުތިޖާޖު ގައި

ލޮރީ އަދި ޕިކަޕްތަކުގައި މާލޭގައި ދުވާލު މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓު އޮތޯރިޓީން އާންމު ކުރި ގަވައިދާއި ގުޅިގެން މަޖޫރީން އިހުތިޖާޖު ކުރަން ފަށައިފި އެވެ. މުދާ އުފުލުމުގައި މަސައްކަތް ކުރާ ހުރި...

01 Apr 2018 | 07:43

ލޮރީ އަދި ޕިކަޕްތަކުގައި މާލޭގައި ދުވާލު މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓު އޮތޯރިޓީން އާންމު ކުރި ގަވައިދާއި ގުޅިގެން މަޖޫރީން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މުދާ އުފުލުމުގައި މަސައްކަތް ކުރާ ހުރިހާ މަޖޫރީން މި އިހުތިޖާޖުގައި ބައިވެރިވަމުން ދާއިރު އެމީހުން އެއްވެ ތިބީ އެމްޕީއެލް ސަރަހައްދުގައި އެވެ. އިހުތިޖާޖުގައި ބައިވެރިވާ މީހުން ބުނެފައިވަނީ އާ ގަވައިދު އެމީހުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ.

އެގޮތުން ދުވާލު މާލެ ތެރޭގައި މުދާ އުފުލުން މަނާވިޔަސް އެމީހުންނަށް އެ ވަގުތުގައި އަތޮޅު ތެރެއަށް މުދާ ގެންދަށް ބޯޓު ފަހަރަށް ބަރު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހަވީރު 6:00 ން ފެށިގެން މާލެ ތެރެއަށް މުދާ ގެންދަން އުޅެން ޖެހުމުން އެއްވެސް ވަގުތެއް ހުސްކޮށް ނުލިބޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި އެއްޗެއް ނުބުނެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން މާލެ ތެރޭގައި މުދާ ބަރުކޮށްގެން ޕިކަޕާއި ލޮރީ ދުއްވޭނީ ހަވީރު 6:00 ން ހެނދުނު 6:00 އާއި ދެމެދު އެވެ. މުދާގެ ގޮތުގައި ރޭގަނޑު އެކަނި އުފުލޭ މުދަލުގެ ބާވަތްތަކަކީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެނޫން ވެސް އެފަދަ އެންމެހައި ތަކެއްޗެވެ،

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައި ނަމަވެސް ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރުކުރާ ގަޑިއަށް ބަދަލެއް ނުގެންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް