"ފުޓުބޯޅަ ފޯރި" ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށް ކުރިޔަށް ގެންދާ ފޯރިގަދަ މުބާރާތެއް އުރީދޫއިން ފަށައިފި އެވެ.
އުރީދޫއިން ބުނީ މިއީ ފަސް ލައްކަ ރުފިޔާގެ އަގު ހުރި އިނާމު ލިބޭ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ލިބޭ އިނާމުތަކުގެ ތެރޭގައި ކޮންމެ ހަފްތާއަކު އެންގެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް އައިފޯނު އެކްސްއެސް ހިމެނެ އެވެ. އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތަކަށް ޕީއެސް4 ޕްރޯ އަކާއި އެކު 55" ސެމްސަންގް ކާވްޑް ފުލް އެޗްޑީ ޓީވީ އެއް ލިބޭނެ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް "ގޯ ޖަހާފައި 4242" އަށް މެސެޖު ކުރުމުން ބައިވެރިވެވޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް ލިބޭ އަކުރު ތަކަކަށް ބަސް ހެދުމުގެ މި މުބާރާތުގައި ހަދާ ކޮންމެ ރަނގަޅު ބަހަކަށް 100 ޕޮއިންޓް ލިބޭނެ އެވެ. އަދި އަކުރުތައް ބަދަލު ކުރާ ކޮންމެ ފަހަރަކު 500 ޕޮއިންޓް ލިބޭނެ އެވެ.
މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ވެބްސައިޓު ނުވަތަ " ހެލްޕް ޖަހާފައި 4242" އަށް އެސްއެމްއެސް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
މި މުބާރާތް ފެށުމުގެ މަގުސަދަކީ އެސްއެމްއެސް މެދުވެރިކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާތީ ކަމަށް އުރީދޫއިން ބުނެ އެވެ.
މިއަދު ފެށި "ފުޓުބޯޅަ ފޯރި" މުބާރާތް ކުރިޔަށް ގެންދާނީ މިއަހަރުގެ ޖުލައި 29 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް