ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖުގެ މައި ތަނބުތައް ގުޅާލުމުގެ މަސައްކަތް ރޭ ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބްރިޖުގެ މައި ތަނބުތަކުގެ ތެރެއިން ސުޕާ ސްޓްރަކްޗާ އާއި ގުޅާ ލެވޭ ފުރަތަމަ ދެ ތަނބު ރޭ ގުޅާލެވިފައިވާ ކަމަށެވެ. އެއީ 22 ވަނަ ތަނބާއި 23 ވަނަ ތަނބު ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މުއިޒު ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިމޭނެ ކަމަށެވެ. އަދި މަސައްކަތް ކުރިޔަށް ދަނީ ކަނޑައަޅާފައިވާ ޝެޑިއުލް އާއި އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
https://twitter.com/MMuizzu/status/980266067820822529
ބްރިޖުގައި ހަތް ތަނބު ހުންނަ އިރު ގުޅާލުމަށް ބިޔަ 35 ހޮޅި ޖަހާފައި ހުރެ އެވެ.
ބްރިޖުގެ މަޝްރޫއަށް 200 މިލިއަން ޑޮލަރު ހަރަދުވާ އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އިތުރު 72 މިލިއަން ޑޮލަރު ލޯނު އެހީގެ ގޮތުގައި ޗައިނާ އިން ދޭ އިރު، ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދު ކުރެ އެވެ.
ބްރިޖުގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ސީސީސީސީ ކުންފުނިން ކުރިން ބުނި ނަމަވެސް މިހާރު ބުނެފައިވަނީ ހުރިހާ މަސައްކަތެއް ނިންމާ މިއަހަރުގެ ޖުލައި 26 ށް ބްރިޖު ހުޅުވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް