މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމް "ބާގި 2" އިން ޕަދްމާވަތް" ގެ ރެކޯޑުވެސް މުގުރާލައިފި އެވެ.
އިއްޔެ އާއި ހަމައަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވަނީ އެ ފިލްމަށް މުގުރާލެވިފައިވަނީ ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ބަލައި "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" ގެ ރެކޯޑު ކަމަށެވެ. އެއީ މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހުން އެންމެ ގިނަ އާމްދަނީ ލިބުނު ދެ ވަނަ ފިލްމެވެ.
އެއް ވަނަ ފިލްމުގެ ރެކޯޑު މިހާތަނަށް ދަމަހައްޓަމުން މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާނީގެ "ޕަދްމާވަތް" އެވެ. އެ ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 19 ކްރޯޑް ރުޕީސް ލިބިފައިވާއިރު "ބާގި 2" ވަނީ އެ ރެކޯޑު މުގުރާލުމަށް ފަހު ފުރަތަމަ ދުވަހުން 25 ކްރޯޑު ރުޕީސްގެ އާމްދަނީ އެއް ހޯދާފަ އެވެ.
މި ފިލްމު މިހާ ބޮޑު އާމްދަނީއެއް ހޯދަމުން ދިޔަ ނަމަވެސް ފިލްމު ރިވިއު ލިޔާ ނޫސްވެރިން ބުނެފައިވަނީ ފިލްމަކީ ދެގަޑި އިރާ ބައިގެ ސްޓަންޓު ޖައްސާ ފިލްމެއް ކަމަށެވެ. އެހެން ނޫސްވެރިއަކު ބުނެފައިވަނީ އެ ފިލްމުން ބެލުންތެރިންނަށް އަސަރު ކުރާވަރުގެ ބޮޑު ވޭނެއް ދީފައިވާ ކަމަށެވެ. އެހެންވެ ގިނަ ނޫސްވެރިން އެ ފިލްމަށް ދީފައިވަނީ ދެ ތަރި އެވެ.
އަހުމަދު ހާން ޑައިރެކްޓުކޮށް، ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ލީޑްރޯލް ކުޅެފައިވާ "ބާގި 2" އަކީ ޓެލެގޫ ފިލްމެއްގެ ރިމޭކް އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް