ގާޒާގައި އިޒްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގާޒޯ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަަމްވި ހާދިސާ ރާއްޖެ އިން ކުށްވެރިކޮށްފި އެވެ. ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ...

01 Apr 2018 | 02:11

ފަލަސްތީނުގެ ގާޒޯ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަަމްވި ހާދިސާ ރާއްޖެ އިން ކުށްވެރިކޮށްފި އެވެ.

ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ހުކުރު ދުވަހު ދިން ހަމަލާތަކުގައި 16 މީހަކު ޝަހީދު ކޮށްލި އެވެ. އަދި އެތައް ހާސް ބަޔަކަށް އަނިޔާވެފައިވެ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރިޔާޒް މާލިކީ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ފޮނުއްވި މެސެޖްގައި، އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ ހާދިސާގައި ޝަހީދުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ފަލަސްތީނާ އެކު ރާއްޖެ އިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށާއި ފަލަސްތީނުގެ ހައްްގުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް އާސިމް ވިދާޅުވެފައިވެ އެވެ.

މި ހަމަލާ އަކީ ފަލަސްތީނުގެ ގާޒާގައި 2014 ވަނަ އަހަރު ދިން ހަމަލާތަކުގެ ފަހުން އިޒްރާއީލުން އެންމެ ގިނަ މީހުން ޝަހީދު ކޮށްލި ހާދިސާ އެވެ. އިއްޔެ ކުރިޔަށް ގެންދިޔައީ އިޒްރާއީލާއި ދެކޮޅަށް ކުރިޔަށް ކުރިޔަށް ގެންދިޔަ އެއްވުމެކެވެ. މި އެއްވުމުގައި 30،000 ށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން ބައިވެރިވި އެވެ.

ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ހުކުރު ދުވަހު ދިން ހަމަލާތަކުގައި 16 މީހަކު ޝަހީދު ކޮށްލި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް