ޑާކްރެއިން ގެ ތިން ފިލްމެއް އަނެއްކާވެސް އޮލިމްޕަހުގައި ދައްކަނީ

ޑާކް ރެއިން އެންޓަޓައިންމެންޓުން އުފައްދާފައިވާ ތިން ފިލްމެއް އަނެއްކާވެސް އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ. މި ތިން ފިލްމަކީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރި "ވަކިން ލޯބިން" އާއި މިދ...

01 Apr 2018 | 02:00

ޑާކް ރެއިން އެންޓަޓައިންމެންޓުން އުފައްދާފައިވާ ތިން ފިލްމެއް އަނެއްކާވެސް އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.

މި ތިން ފިލްމަކީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރި "ވަކިން ލޯބިން" އާއި މިދިޔަ އަހަރު ރިލީޒް ކުރި "މީ ލޯތްބަކީ" ގެ އިތުރުން "ވާށޭ މަށާއެކީ" އެވެ. މީގެ ތެރެއިން "ވާށޭ މަށާއެކީ" އަކީ 2016 ވަނަ އަހަރުގެ ގައުމީ ފިލްމް އެވޯޑުގެ އެންމެ މޮޅު ފިލްމެވެ.

މި ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އޮލިމްޕަހުގައި ދައްކާނީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ "ވަކިން ލޯބިން" އެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދައްކާނީ "ވާށޭ މަށާ އެކީ" އެވެ. އަދި "މިއީ ލޯތްބަކީ" ދައްކާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކަމަށް ޑާކް ރެއިން އިން ބުނެ އެވެ.

މިއީ މި ފިލްމުތަކުގެ ޝޯތައް ސްކްރީންގައި ދައްކާނެ އެންމެ ފަހު ފަހަރު ކަމަށް އެ ސްޓޫޑިއޯއިން ބުނެ އެވެ. އަދި ޝޯތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.

ޑާކް ރެއިން އިން މިހާރުވެސް ދަނީ ބެލުންތެރިންނަށް އާ ފިލްމުތަކެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެން އެންމެ އަވަހަށް ރިލީޒް ވާނީ އަހުމަދު ޝިނާން ޑައިރެކްޓްކުރާ "ގޮށްރާޅު" އެވެ.

އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް