މާލެ އަށް ބަނގުރާ އެތެރެކުރަން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފި

މާލެއަށް ބަނގުރާ އެތެރެކުރި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ މިއަދު 14:35 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ، މާލެއަށ...

01 Mar 2019 | 12:43

މާލެއަށް ބަނގުރާ އެތެރެކުރި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ މިއަދު 14:35 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ، މާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮަޮޕަރޭޝަނެއްގައެވެ.

މާލެއަށް ބަނގުރާ އެތެރެ ކުރި މައްސަލާގައި ހައްޔަރުކޮށްފަ ވަނީ، 18 އަހަރު ނުވާ ކުއްޖާއި، 23 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ތިން ސައިކަލެއްގައި އަމީރް އަހުމަދު މަގުން ދަނިކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް