ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޕެރޫއަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށާއި ނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތްކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މި ބިންހެލުމާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުން މެޓް އޮފީހުން ބުނެފައިވަނީ މި ބިންހެލުމަކީ 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށެވެ. ބިންހެލުން އައިސްފައިވަނީ 258 ކިލޯ މީޓަރު ފުނަށް ކަމަށެވެ. ބިންހެލުން އައި ވަގުތަކީ ރާއްޖޭ ގަޑިން 01:50 ކަމަށާއި ޕެރޫ އާއި މާލެއާއި ހުރި ދުރުމިނަކީ 15839 ކިލޯ މީޓަރު ކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
"ރާއްޖެއަށް އަސަރެއް ނުކުރާނެ" މެޓް އޮފީހުން ބުނެފައިވެއެވެ.
https://twitter.com/MetMaldives/status/1101409006742994944
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ބިންހެލުމަކީ 7.1 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ ޕެރޫގެ ޖުލިއާކާ ސަރަހައްދަށެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ޕެރޫއަށްވެސް އަދި ދީފައިނުވާކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް