ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ލަންކާގެ ހަތަރު މަސް ބޯޓު އަތުލައިގެންފި

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުގެ ހަތަރު މަސް ބޯޓެއް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އ...

01 Mar 2019 | 07:24

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުގެ ހަތަރު މަސް ބޯޓެއް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހއ. ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ދެ މަސް ބޯޓެއް ކޯސްޓް ގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އަދި އެ ބޯޓުތައް ކޯސްޓުގާޑު ބެލުމުގެ ދަށަށް ގެނެސް ދަތުރު ކުރަމުންދަނިކޮށް ރޭ ދަންވަރު ލަންކާގެ އިތުރު ދެ މަސް ބޯޓު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނި އެ ދެ މަސްބޯޓުވެސް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ޖުމްލަ ހަތަރު މަސް ބޯޓާއެކު ކޯސްޓްގާޑު ޝިޕް ހުރަވީ ދަތުރުކުރަމުން ދަނީ ކުޅުދުއްފުއްޓަށް ކަމަށެވެ. އަދި މި ހަތަރު ބޯޓުވެސް އޮތީ ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުގައި ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް