ދުވަހުގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާލާއިރު އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ އެހެން ހިސާބު ތަކަށް މޫސުން ރަނގަޅުވާނެ ކަމަށާއި ހުޅަނގު އުތުރާއި އުތުރުން، ގަޑިއަކު ފަސް މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
މޫސުން އާދައިގެ ގޮތަކަށް ރަނގަޅު ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު މި ހަފްތާގެ ތެރޭގައި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް