ގާނޫނީ ވަކީލު ހުސެއިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އެ ކޯޓުން އަންގައިފި އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު ޝަމީމް ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ 04 މާރިޗް 2018 ދުވަހުގެ 13:30 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަށް ކަމަށް ބުނެފައި ވެ އެވެ. އެމްޕީ އަލީ ހުސެއިންއަށްވެސް އަންގާފައިވަނީ ހަމަ އެ ގަޑިއަށް ހާޒިރު ވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް