އެމްޕީ އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރު ވުމަށް އެ ކޯޓުން އަންގައިފި އެވެ. އެ ކޯޓުން އެމްޕީ އަލީ ހުސެއިން އަށް ފޮނުވާފައިވާ، ކޯޓަށް ހާޒިރުވުމުގެ އަމުރުގައި...

01 Mar 2018 | 12:10

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރު ވުމަށް އެ ކޯޓުން އަންގައިފި އެވެ.

އެ ކޯޓުން އެމްޕީ އަލީ ހުސެއިން އަށް ފޮނުވާފައިވާ، ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ ހާޒިރު ކުރެވޭ ބޭނުމަކީ ސުޕްރީމް ކޯޓުގެ ބޭނުމަށް ކަމަށާއި އެ ބޭނުމަށް 04 މާރިޗް 2018 ދުވަހުގެ 13:30 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

https://twitter.com/AleeVoice/status/969175258950283264

އެމްޕީ އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ ކޮން މައްސަލައެއްގައިކަން ސާފެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އެ ދުވަހަށް މައްސަލައެއް ތާވަލް ކޮށްފައިވެސް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް