ޖަނަވަރީގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރީ އަމިއްލަ ފައިސާއިން: ޔޫކްރޭންގެ ރައީސް

ޔޫކްރޭންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯގެ ކޮރަޕްޝަން މައްސަލަ ހޫނުވެފައިވާއިރު މި އަހަރުގެ ޖަނަވަރީގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރީ އަމިއްލަ ފައިސާއިން ކަމުގައި އޭނާ ބުނެފިއެވެ. އޭނާ ބުނެފައިވަނީ ގާނޫނުގައ...

01 Mar 2018 | 10:53

ޔޫކްރޭންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯގެ ކޮރަޕްޝަން މައްސަލަ ހޫނުވެފައިވާއިރު މި އަހަރުގެ ޖަނަވަރީގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރީ އަމިއްލަ ފައިސާއިން ކަމުގައި އޭނާ ބުނެފިއެވެ.

އޭނާ ބުނެފައިވަނީ ގާނޫނުގައި ބުނެފައިވާގޮތުން ރައީސްގެ ބާރާއި ޑިއުޓީ އެހެން މީހަކާ ހަވާލު ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށާއި ފާއިތުވި ހަތަރު އަހަރު ރައީސްގެ މަގާމުގައި ވަލިއްޔުލް އަމުރުގެ މަގާމުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. ޗުއްޓީއެއް ނަގާފައި ނުވާނެ ކަމަށެވެ. އަދި ޗުއްޓީއަކަށް ދާއިރު އެކަކަށްވެސް އިތުބާރު ނުކުރެވޭނެ ކަމަށެވެ.

ޕޮރޮޝެންކޯ ބުނެފައިވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީއަށް ހަރަދުކުރީ ޔޫކްރޭނުގެ ބޭންކްގައިވާ އޭނާގެ އަމިއްލަ އެކަައުންޓުން ކަމަށެވެ.

ޔޫކްރޭނުގެ ރައީސް ރާއްޖެ އައި އައުމަކީ ގިނަ ބަޔަކަށް ނުއެނގި އޮތް އެހާމެ ސިއްރުން ކޮށްފައިވާ ދަތުރެކެވެ. އޭނާ ބުނެފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައުމަށް ބޯޑަރު ހުރަސްކުރީ ޖަނަވަރީގެ ކުރީކޮޅުގައި ކަމަށާއި ބޯޑަރު ގާޑުން އޭނާގެ ޕާސްޕޯޓްގެ މައުލޫމާތު ފުރިހަމައަށް ރެޖިސްޓާ ކުރި ކަމަށެވެ.

އޭނާ ބުނެފައިވަނީ ފްލައިޓަށްވެސް އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ރިސޯޓަށްވެސް ހަރަދުކުރީ އަމިއްލަ އެކައުންޓުން ކަމަށާއި އެކައުންޓްގެ ތަފްސީލު ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށެވެ.

"އެންމެ ލޯލާރި ފޮއްޗެއްވެސް ދައުލަތުން ހޭދަކޮށްފައި ނުވާނެ" ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮރޮޝެންކޯ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް