ވީ މީޑިއާގެ ކުޑަދަށުން ހިންގަމުން އަންނަ ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ހަމަ އެ ކުޑަދަށުން ހިންގަމުން އަންނަ ވީނިއުސްގައި ބުނެފައިވަނީ ބްރޯޑްކޮމް އިން ވީމީޑިއާ ޖޫރިމަނާކޮށްފައިވަނީ ގުޅިފައިވާ ޕާޓީ ތަކުން މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅަގައި ބޭނުންކުރެއްވި އެންމެ ބަހެއްގައި ހިފައިގެން ކަމަށެވެ. މުސްތަފާ ބޭނުންކުރެއްވި އިބާރާތަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީހެއްގެ އަބުރާ ބެހެވޭ ފަދަ އިބާރާތެއް ކަމަށް ބްރޯޑްކޮމް އިން ގަބޫލުކޮށްފައިވާތީ އެ ބަސް ހަބަރުގައި ހިމެނެން ނެތް ކަމަށެވެ.
"މިޖަލްސާ ވީމީޑިއާގެ ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އިން ބްރޯޑްކާސްޓް ކޮށްފައިވާތީ ޖޫރިމަނާކޮށްފައިވަނީ ވީޓީވީ ދެލައްކަ ރުފިޔާ އިން އަދި ވީއެފްއެމް ދެ ލައްކަ ރުފިޔާއާ އެކު، ޖުމްލަ ހަތަރު ލައްކަ ރުފިޔާ އިންނެވެ." ވީނިއުސްގައި ބުނެފައިވެ އެވެ.
ތަފްސީލް އަންނަނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް