މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު މުޒާހަރާތަކަށް ނިކުންނާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކުން ދާދި އަވަހަށް ފެނިގެންދާނެ ކަމުގެ އިޝާރާތެއް ނިއުމާ ދީފައިވަނީ ޓްވިޓާގައި އެވެ.
ޓްވިޓާގައި ސިއްކަމޮހޮރީ ނަމުގައިވާ ޓްވިޓާ އެކައުންޓަކުން، މުޒާހަރާތަކުގައި ބައިވެރިވުމަށް ދީފައިވާ ދައުވަތުގެ ޖަވާބުގައި ނިއުމާ ބުނެފައިވަނީ އިންޝާ ﷲ ދާދި އަވަހަށް ފެންނާނެ ކަމަށެވެ.
https://twitter.com/newmerrr/status/968863933351084032
އިދިކޮޅު މުޒާހަރާތަކުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއް ނިއުމާ ދީފައިވާއިރު ނިއުމާ އަންނަނީ ޝޯޝަލް މީޑިއާގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް މި ފަހަކަށްއައިސް ފާޑު ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް