ޝިން ޔުއާންގެ ނަމްބަރަކީވެސް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރެއް ނޫން: ސަރުކާރު

ދިވެހި ދިދަ ޖެހި ބޯޓަކާއި އުތުރު ކޮރެއާގެ ދިދަ ޖެހި ބޯޓެއް ކަނޑުމަތީގައި މަނާ މުއާމަލާތެއް ކޮށްފައިވާކަށް ޖަޕާނުން ބުނެފައިވާއިރު ރާއްޖޭގެ ދިދަ ޖަހާފައިވާކަމަށްބުނާ ޝިން ޔުއާން 18 ބޯޓުގެ މެރިޓައިމް މޯ...

01 Mar 2018 | 08:56

ދިވެހި ދިދަ ޖެހި ބޯޓަކާއި އުތުރު ކޮރެއާގެ ދިދަ ޖެހި ބޯޓެއް ކަނޑުމަތީގައި މަނާ މުއާމަލާތެއް ކޮށްފައިވާކަށް ޖަޕާނުން ބުނެފައިވާއިރު ރާއްޖޭގެ ދިދަ ޖަހާފައިވާކަމަށްބުނާ ޝިން ޔުއާން 18 ބޯޓުގެ މެރިޓައިމް މޯބައިލް ސާވިސް އައިޑެންޓިޓީ ނަމްބަރު (އެމްއެމްއެސްއައި) ނަމްބަރަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރެއް ނޫން ކަމުގައި ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އިނގިރޭސި ބަހުން ހާމަކޮށްފައިވާ ލިޔުމެއްގައި އެވެ.

އޭގައި ބުނެފައިވަނި އެމްއެމްއެސްއައި ރޭޖްން 544 އަކީ ރާއްޖެއަށް ކަނޑައަޅާފައިވާ ރޭންޖް ނަމަވެސް އެއްވެސް އިރެއްގައި 455910000 ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ނުވާކަމަށެވެ. އެ ނަމްބަރަކީ ޝިން ޔުއާން 18ގެ އެމްއެމްއެސްއައި ނަމްބަރެވެ.

ސަރުކާރުން ބުނެފައިވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އެމްއެމްއެސްއައި ނަމްބަރު ދޫކުރާނީ ހަމައެކަނި ރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް