މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އޭނާ އަކީ އުޖޫރައަށް ޕާޓީ ބަދަލުކުރާނެ މީހެއް ނޫން ކަމަށް ބުނެފި އެވެ.
އެމްޕީ ޝަރީފް މިހެން ބުނެފައިވަނީ ވަގުތު ނޫހުން "މެމްބަރު އިބްރާހިމް ޝަރީފް ވަގުތު ނޫހާ ގުޅެނީތަ؟" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރަށް ޓްވިޓާގައި ދެއްވާފައިވާ ރައްދެއްގައި އެވެ.
https://twitter.com/AdduShareef/status/969102129146351618
އެމްޕީ ޝަރީފް ވިދާޅުވެފައިވަނީ ހުރި ޕާޓީ ދޫކޮށް ޕީޕީއެމްއަށް ނުދާނެ ކަމަށެވެ. ކަމެއްގަ ހިޔާލު ފާޅު ކުރުމަކީ ސަރުކާރަށް ތާއީދު ކުރުމެއް ނޫން ކަމަށެވެ. އަދި އޮޕޮޒިޝަން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ސާބިތުވެ ހުރި މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް