އިދިކޮޅު ތިން މެމްބަރަކު ފުލުހަށް ހާޒިރު ކުރަނީ

އިދިކޮޅު ތިން މެމްބަރަކު ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި އެވެ. ޗިޓް ފޮނުވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބު...

01 Mar 2018 | 08:00

އިދިކޮޅު ތިން މެމްބަރަކު ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި އެވެ.

ޗިޓް ފޮނުވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހަށެވެ.

މި ތިން މެމްބަރުންގެ ތެރެއިން އެމްޕީ އަމީތަށް ޗިޓް ފޮނުވާފައިވަނީ މިރޭ 10:00 ގައި ހާޟިރުވުމަށެވެ. އެމްޕީ އަބުޅޯ އަށް ޗިޓު ފޮނުވާފައިވަނީ މެންދުރުފަހު 03:00 ގައި ހާޟިރުވުމަށެވެ. އަދި، އެމްޕީ ފަލާހަށް ޗިޓް ފޮނުވާފައިވަނީ މިރޭ 09:00 ގައި ހާޟިރުވުމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން އެމްޕީންވެސް ފުލުހަށް ހާޒިރު ކުރަނީ އަމަން ނަގާލުމުގެ ތުހުމަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް