އެންއައިސީގެ ރައީސްގެ މަގާމަށް ސުލައިމާން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް، ހުޅުމާލެ އެންދެރި 7 އަޙްމަދު ސުލައިމާން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޤާނޫން ނަންބަރު 27/2015...

01 Mar 2018 | 07:31

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް، ހުޅުމާލެ އެންދެރި 7 އަޙްމަދު ސުލައިމާން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޤާނޫން ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އަޙްމަދު ސުލައިމާން ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަޙްމަދު ސުލައިމާނާ ހަވާލުކުރެއްވިއެވެ.

މީގެއިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް، އަޙްމަދު ސުލައިމާން މިއަދު ވަނީ ޢައްޔަން ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް