އުރީދޫ އިން ތަޢާރަފްކޮށްފައިވާ މަގްބޫލް ޑިޖިޓަލް ޚިދުމަތްތައް ކަމުގައިވާ އުރީދޫ ނެކްސްޓް އާއި މަގޭ ޕްލޭން އަށް ދާދި އަވަހަށް އައު ބަދަލުތަކެއް އަންނާނެކަން އުރީދޫން ހާމަކޮށްފި އެވެ.
މި ބަދަލުތައް ސްޕެއިންގެ ބާސެލޯނާގައި ބޭއްވުނު މޯބައިލް ވޯލްޑް ކޮންގްރެސްގައި ވަނީ ދައްކާލައިފަ އެވެ. މި އަޕްޑޭޓްތައް މާރޗް މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމުގައި އުރީދޫން ހާމަކުރެ އެވެ.
މޮބައިލް ވަރލްޑް ކޮންގްރެސްގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލާފައިވާއިރު "ޑިޖިޓަލް ޚިދުމަތްތަކާއި އެކު އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް" ޝިއާރުގެ ދަށުން އުރީދޫ ގްރޫޕުންވަނީ އަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީތަކާއި، އެންމެ ފަހުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ވަނީ ދައްކާލާފައެވެ.
އުރީދޫން ތައާރަފްކުރާ މިފަދަ އީޖާދީ ޓެކްނޮލޮޖީ ތަކާއި ބެހޭގޮތުން އުރީދޫ ގްރޫޕްގެ ޗީފް އެކްޒެކްޓިވް އޮފިސަރ، ޝައިޚް ސައުދު ބިން ނާސިރު އަލް ޘާނީ ވިދާޅުވެފައިވަނީ ޢާންމު ދިރިއުޅުމާއި ވިޔަފާރީގެ ކަންކަމުގައި، ޑިޖިޓަލް ޚިދުމަތްތަށް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގައި، އުރީދޫ އަކީ ބައިނަލްއަގްވާމީ މައިދާނުގައިވެސް އެންމެ ކުރީ ސަފުގައި ގުނާލެވޭ ކުންފުންޏެއްކަން ސާބިތުކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުސަތެއް މޮބައިލް ވަރލްޑް ކޮންގްރެސް އިން ފޯރުކޮށްދޭ ކަމަށެވެ.
"އުރީދޫގެ ކަސްޓަމަރުންނާއި ކުރަން ޖެހޭ ކޮންމެ މުއާމަލާތެއްވެސް ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އޮންލައިންކޮށް ކުރުމުގެ ފުރުސަތު ފުޅާކުރުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ. ރާއްޖޭގެ ރައްޔިތުންނަކީ ތަފާތު އެކި ރަށްރަށުގައި ދިރިއުޅޭ ބަޔަކަށް ވީ ހިނދު، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެންމެ އަވަސް ޚިދުމަތް ލިބުމަކީ ވަރަށް މުހިއްމު ކަމެއް. މިގޮތުން، ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ މަގްބޫލު އަދި ކުޅަދާނަ ކުންފުނިތައް ބައިވެރިވާ މޮބައިލް ވާރލްޑް ކޮންގްރެސް ފަދަ އެއްވުމެއްގައި، ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސްގެ ދާއިރާ އިން އުރީދޫ ހޯދާފައިވާ ކުރިއެރުންތައް ހިއްސާކޮށް، އުރީދޫ ނެކްސްޓް އަދި މަގޭ ޕްލޭން ފަދަ ޕްލެޓްފޯމްތަކުގައި ދެން ތަޢާރަފްކުރެވޭނެ ޚިދުމަތްތައް ދައްކުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ޝަރަފެއް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫ ނެކްސްޓް އަކީ، އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގްގެ އެހީގައި މަސައްކަތް ކުރާ އޭ.ޕީ.އައި ޕްލެޓްފޯމް އެކެވެ. ސިލިކަން ވެލީގެ ޓެކް ކުންފުންޏެއް ކަމަށްވާ ފާސްޓް ފޯވާޑް އާއި ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ކަސްޓަމަރުން ގިނަ ވަގުތުތަކެއް ހޭދަކުރާ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އުރީދޫ އާއި ބެހޭ މައުލޫމާތު ހޯދައި، އުރީދޫގެ ޚިދުމަތްތައް ޚިޔާރުކުރެވެއެވެ. އުރީދޫ މޯލްޑިވްސް ކަސްޓަމަރުން މިހާރު އުރީދޫ ނެކްސްޓް މެދުވެރިކޮށް ޚިދުމަތް ހޯދަނީ ފޭސްބުކް އިން ކަމަށްވާއިރު، މޮބައިލް ވަރލްޑް ކޮންގްރެސްގައި މިއަދު ތައާރަފްކޮށްފައިވާ އުރީދޫ ނެކްސްޓްގެ އައު ވަރޝަން ވައިބަރގައި ވެސް ބޭނުންކުރެވޭނެއެވެ. މި ޚިދުމަތް އުރީދޫ މޯލްޑިވްސް ކަސްޓަމަރުންނަށް މާރޗް މަހުގެ ތެރޭގައި ލިބިގެންދާނެ ކަމުގައި އުރީދޫން ހާމަކުރެ އެވެ.
ހަމައެއާއި އެކު، މޮބައިލް ވަރލްޑް ކޮންގްރެސްގައި، އުރީދޫ އިން ވަނީ އެކުންފުނީގެ މަގޭ ޕްލޭން ޕްލެޓްފޯމްގެ އައު އަޕްޑޭޓް ހާމަކޮށް، "އާޓިފިޝަލް އިންޓެލިޖެންސް ބޭސްޑް ޕްރިޑިކްޓިވް ޓެކްނޮލޮޖީގެ" އެހީގައި ހިމަނާފައިވާ އައު ޚިދުމަތްތައް ދައްކުވާދީފައެވެ.
މަގޭ ޕްލޭންގައި، އަލަށް ތައާރަފްކޮށްފައިވާ ޚިދުމަތްތަކަކީ:
- އުރީދޫގެ ޑޭޓާ، އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑްއޯން ތައް، ގާތްތިމާގެ މީހުންނަށް ހަދިޔާކުރެވުން.
- އެބޭފުޅަކު ޚިޔާރުކުރަށްވާ ބަޖެޓަކަށް އެންމެ އެކަށީގެންވާ ޕްލޭންތައް ބަލާލެވުން.
- އާޓިފިޝަލް އިންޓެލިޖްންސް ޓެކްނޮލޮޖީގެ އެހީގައި، މަގޭ ޕްލޭން މެދުވެރިކޮށް ޚިޔާރުކުރައްވާ އެންމެ މަގުބޫލު ޕްލޭންތައް ބަލާލެވުން.
އުރީދޫން މައުލޫމާތުދޭގޮތުގައި މަގޭ ޕްލޭންގެ ވަރޝަން 2 ރާއްޖޭގައި ތައާރަފްކުރެވޭނީ، މާރޗް މަހުގެ ކުރީކޮޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް