އެޗްޑީސީގެ ސިލްވަރ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތައް ރަސްމީކޮށް ރޭ އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއް...

01 Feb 2026 | 18:08
އެޗްޑީސީއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެޗްޑީސީ

އެޗްޑީސީއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތައް

ރަސްމީކޮށް ރޭ އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި،

އެޗްޑީސީގެ ރިހިޔޫބިލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ވަނީ

ދައްކާލާފައެވެ. މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ކަނޑުން

ރިހިއައްސޭރިއަށް" މިއެވެ. މިއީ ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް

ހިއްކައިގެން، ޒަމާނީ ސިޓީއެއް ބިނާކުރުމަށް ކުރެވުނު ދިގު ދަތުރު ރަމްޒުކޮށްދޭ

ޝިއާރެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ

މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވިދާޅުވީ،

ރާއްޖޭގައި ސިޓީއެއް ތަރައްގީކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލާ

ކުންފުނީގެ ހައިސިއްޔަތުން އެޗްޑީސީން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށެވެ.

ރަސްމިއްޔާތުގެ ތެރެއިން އެޗްޑީސީގެ ވޭތުވެދިޔަ

ތާރީޚާއި، ހުޅުމާލެ ތަރައްގީވަމުން އައި ތަފާތު މަރުހަލާތައް ދައްކުވައިދޭ ޚާއްސަ

ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލާފައެވެ.

އެޗްޑީސީން ބުނި ގޮތުގައި، ސިލްވަރ ޖުބިލީ އަހަރާ

ގުޅިގެން މިއަހަރުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް

ވަނީ ރޭވިފައެވެ. މީގެ ތެރޭގައި އާންމުންނަށް ބައިވެރިވެވޭނެ އިޖުތިމާއީ އަދި

މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް