މަގުމަތީގައި އެކަނި ހުރި ދެ އަހަރުގެ ކުޑަކުއްޖަކު!

މަޖިލީދީމަގު އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދު ކަމަށްވާ ސަންފްރޮންޓު ކައިރީ ކުޑަ ކުއްޖަކު ހުއްޓަ ބަޔަކު ފުލުހުންނާއި ހަވާލުކޮށްފި އެވެ. އެއީ ގާތްގަނޑަކަށް ދެ އަހަރުގެ އަންހެން ކުއްޖެއް ކަމަށްވެ އެވެ. ރި...

01 Feb 2020 | 18:50

މަޖިލީދީމަގު އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދު ކަމަށްވާ ސަންފްރޮންޓު ކައިރީ ކުޑަ ކުއްޖަކު ހުއްޓަ ބަޔަކު ފުލުހުންނާއި ހަވާލުކޮށްފި އެވެ.

އެއީ ގާތްގަނޑަކަށް ދެ އަހަރުގެ އަންހެން ކުއްޖެއް ކަމަށްވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ ފުލުހުންގެ ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ގެންދިޔައީ ފުލުހުންނަށް އެ ކުއްޖާ ފެނިގެން ކަމެއް ނުވަތަ ބަޔަކު ރިޕޯޓުކޮށްގެން ކަމެއް ނޭނގެ އެވެ.

އެ ކުއްޖާ ފުލުހުްނގެ އިދާރާއަށް ގެންދިޔައީ މިރޭ9:30 ހާއިރު އެވެ. ފުލުހުންގެ މީޑީއާއިން ބުނީ މިހާޜު އެ ކުއްޖާގެ އާއިލާ ހޯދައި ހަވާލުވާން އަންނަން އަންގާފައިވާ ކަމަށެވެ. އަދި އަނބުރާ އެ ކުއްޖާ އާއިލާ އާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުއްޖާ އެކަނި މަގުމަތީ ހުންނަން ޖެހުނީ ކީއްވެ ކަމެއް އެނގޭ ގޮތެއް ނުވި އެވެ.

މިދިޔަ އަހަރު ފުލުހުން ވަނީ ދަންވަރު އެކަނި މަގުމަތީ ހުރި ކުއްޖަކަށް ވެސް ހިމާޔަތް ދީ އެ ކުއްޖާގެ އާއިލާއާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް