ކުރަމަތި ރިސޯޓުގައި ފަތުރުވެރިއަކު މަރުވެއްޖެ

ކުރަމަތި އައިލެންޑު ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު5:00 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގަ...

01 Feb 2020 | 18:33

ކުރަމަތި އައިލެންޑު ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު5:00 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގަ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިހާދިސާގައި މަރުވެފައިވަނީ71 އަހަރުގެ ފިރިހެނެކެވެ. އެއީ ސްޕެއިން ރައްޔިތެކެވެ.

މިފަހަކަށް އައިސް ސްނޯކްލިން އާއި ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިފަދަ ހާދިސާތަކުގައި މިފަހުން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

މިފަދަ ހާދިސާތަށް މަދުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއިން ވަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމާތީ ކަންކަން ހުރިގޮތް ބެލުމުގެ ބޭނުމުގައި އިންސްޕެކްޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް