މިއަދު ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުރަތަމަ އެކްސިޑެންޓުވީ ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ފެރީ އަކާއި ކ. ދިއްފުއްޓަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ޖެހި ކަމަށެވެ. މި ހާދިސާގައި ލޯންޗުގައި އިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި އެމީހާގެ ހާލު އެހާ ސީރިއަން ނޫން ކަމަށް ފުލުހުން ބުނެ އެވެ.
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ހަވީރު4:30 ހާއިރު އެވެ.
ދެވަނަ އެކްސިޑެންޓުވީ ވިލިމާލެއަށް ދަތުރު ކުރި ފެރީ އަކާއި ވިލާ ގޭސް ދޯންޏެއް ޖެހި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ މިރޭ7:25 ހާއިރު އެވެ.
ފުލުހުން ބުނީ މި ދެ އެކްސިޑެންޓު ހިނގި އިރު އުޅަނދުތައް ދުއްވަން ތިބި އެންމެން އަތުގައިވެސް ކަނޑުދަތުރު ކުރުމުގެ ލައިސަންސް އޮތް ކަމަށެވެ.
މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް