ރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ މެންބަރަކަށް ވެއްޖެ

ރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން އަލުން ދީފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވާން ނިންމީ2016 އޮކްޓޯބަރު16 ގައި އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުގައި ހިމެނޭ ...

01 Feb 2020 | 07:59

ރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން އަލުން ދީފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވާން ނިންމީ2016 އޮކްޓޯބަރު16 ގައި އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުގައި ހިމެނޭ ބޮޑެތި ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމުގައި ބަސްކިޔާ ތަފާތު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމަން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.

އަލުން ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވިތާ މަހެއް ނުވަނީސް އަލުން އެ ޖަމާއަތުގެ މެންބަރަކަށް ވުމަށް ހުށަހެޅި އެވެ.

ރާއްޖެ އަލުން ކޮމަންވެލްތުގެ ގައުމަކަށް ވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަލުން އެ ޖަމާއަތާއި ގުޅުމަކި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އަލުން ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް މިކުރި ދަތުރުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުން ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

https://twitter.com/abdulla_shahid/status/1223510016105148416

ރާއްޖެ ފުރަތަމަ ކޮމަންވެލްތާ ގުޅުނީ، 1982ގަ އެވެ. ކޮމަންވެލްތުގައި 54 ގައުމު ހިމެނޭއިރު ގާތްގަނޑަކަށް އެހުރިހާ ގައުމަކީ ވެސް ކޮންމެވެސް ދުވަސްވަރެއްގައި އިނގިރޭސިވިލާތުގެ އަޅުވެތިކަން ތަޖުރިބާކޮށްފައިވާ ގައުމުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް