މުއްދަތު ހަމަވިއިރު ހުށަހަޅާފައިވަނީ 373 ޝަކުވާ: އީސީ

ކުރިޔަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުން ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ހުށަހަޅާފައިވަނީ373 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެ...

01 Feb 2020 | 07:42

ކުރިޔަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުން ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ހުށަހަޅާފައިވަނީ373 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ20 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ.

އީސީން މިއަދު ބުނީ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ ޝަކުވާތައް ބަލައި އިސްލާހު ކުރަން ފަށާފައިވާ ކަމަށެވެ. އާންމުކޮށް ވޯޓާސް ލިސްޓާއި ގުޅޭގޮތުން ހުށަހެޅިފައިވަނީ ގޭގެ ރަޖިސްޓްރީ ބަދަލުވުމުގެ މައްސަލަތަކާއި މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހުންނަ މައްސަލަތަކެވެ.

އީސީން ބުނީ އެއީ ކޮންމެ އިންތިހާބެއްގައިވެސް ހުށަހެޅޭ ޝަކުވާތަކެއް ކަމަށެވެ.

ހުށަހެޅިފައިވާ ޝަކުވާތައް ބަލައި އިސްލާހު ކުރުމަށް ފަހު އަލުން ލިސްޓު އާންމު ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް