ޒުވާން އަންހެނަކަށް10 ފިރިހެނަކުވެގެން މަގުމަތިން ދިމާކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
އެ އަންހެން މީހާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު އެ މައްސަލަ މީގެ ކުރިން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
އެމީހާ ބުނެފައިވަނީ މަގުމަތިން10 ވަރަކަށް ފިރިހެނުން އޭނާ އާއި ދިމާކުރުމުން އަވަހަށް ބިރުން ހުރެ ގުޅީ ލާންސް ކޯޕްރަލްއެއްގެ މަގާމުގައި ހުރި ފުލަކަށް ކަމަށެވެ. އެއީ އެ މައްސަލައިގަ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މީހާ އެވެ. އެ ފުލުސް މީހާގެ ނަންވެސް ހާމަކޮށްފައި އޮތެވެ. އިތުރަށް ބުނެފައިވަނީ ފޯނު ނުނަގައި ފަހުން ގުޅާނެ ކަމަށް ބުނެ މެސެޖެއް ކުރި ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނެފައި ވަނީ ފުލުހުންގެ އެމެޖެންސީ ނަންބަރު 119 އަށް ގުޅުމަށް މަސައްްކަތް ކޮށްފައި ނުވާނޭ ކަމަށެވެ އެއީ އެވަގުތު ހާލަތު ތަންދިން ގޮތުން އެނާގެ ގައިގައި ފުލުހުންނަށް ގުޅައި ކަންވީގޮތް ކިޔައިދޭނެ ހިތްވަރެއް ނެތުމުން ކަމަށެވެ.
https://twitter.com/nefrofarou/status/1223233834386247680
ފުލުހުން ޒިންމާދާރު ނޫންކަމަށް ބުނެ އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.
އެ އަންހެން މީހާގެ ޓުވީޓަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އެ މައްސަލަ ބައްލަވާނެ ކަމަށެވެ. ސީޕީ އަކީ ސޯޝަލް މީޑީއާގައި ފުލުހުންނާއި ގުޅޭގޮތުން އާންމުން ކުރާ ޝަކުވާތަކަށް އަވަހަށް ޖަވާބު ދެއްވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް