ކުޅުދުއްފުށީ ސިޓީގެ މޭޔަރަކަށް އެމްޑީޕީގެ ޓިކެޓު ޕްރިމަރީއަކާ ނުލައި މުހައްމަދު އާތިފަށް ކަށަވަރުވެއްޖެ އެވެ.
އޭނާ އާއި އެކު މި މަގާމަށް ވާދަ ކުރަން ފޯމު ހުށަހަޅުއްވާފައި އޮތީ އަހުމަދު އާތިފް އެވެ. އޭނާއަށް މިދިޔަ ހަފްތާ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވުމުން އާތފް ވަނީ އެމްޑީޕީ ޕްރައިމަރީން އަނބުރާ ނަން ނަގާފަ އެވެ.
އިއްޔެ ހެނދުނާއި ޖެހެންދެން އެމްޑީޕީ އޮތީ ވޯޓު ކަރުދާސް ޕްރިންޓު ކުރި ފަހުން އަހުމަދު އާތިފް ނަން އަނބުރާ ގެންދަވާފައިވާތީ ކުޅުދުއްފުށީ ސިޓީގެ މޭޔަރަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމާއި މެދު ގޮތެއް ނުނިންމަ އެވެ. އެކަމަކު ފަހުން އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ މޭޔަރަކު ހޮވުމުގެ އިންތިހާބު ނޯންނާނެ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީއެއްގެ ގޮތުގައި ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. މިއީ ސިޓީއަކަށް ބަދަލުވި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި މޭޔަރުގެ އިތުރުން ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް