ޗައިނާއިން ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 259 އަށް އަދި ޕޮޒިޓިވް ވި މީހުންގެ އަދަދު 11791 އަށް އަރައިފިއެވެ.
އިއްޔެއާއި އަޅާ ބަލާއިރު މަރުވި މީހުންގެ އަދަދު މިވަނީ 46 އިތުރުވެފައެވެ. ޕޮޒިޓިވް ވި އަދަދު މިވަނީ 2099 އިތުރުވެފައެވެ.
މި ވައިރަސް އިއްޔެ ބައެއް ގައުމުތަކުން އަލަށް ފެނިފައިވާއިރު ބައެއް ގައުމުތަކުން މި ވައިރަހަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އަދި ދަނީ މައްޗަށެވެ. ޗައިނާގެ އިތުރުން އަދަދު އެންމެ މަތީގައި އުޅެނީ ތައިލެންޑެވެ. ތައިލެންޑުގައި މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ 19 މީހަކު ތިބި އިރު ޖަޕާނުގައި 17، ސިންގަޕޫރުގައި 16 ހޮންކޮންގް ގައި 13 ދެކުނު ކޮރެއާގައި 11 އަދި ތައިވާނުގައި މި އަދަދު ވަނީ 10 އަށް އަރާފައެވެ.
ރާއްޖެއާއި ގާތް ބައެއް ގައުމުތަކުންވެސް މި ވައިރަހަށް މީހުން ޕޮޒިޓިވް ވެފައިވާއިރު ޝައްކު ކުރެވޭ އެކަކު ހުރި ކަމަށާއި މޮނީޓަރ ކުރަމުން އަންނަ ދެމީހަކު އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި މި ވައިރަހަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެ މަސައްކަތް ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް